ލ.މާވަށު ތެޔޮ ފިހާރައިގެ ސްޓޮކުން 3779 ލީޓަރ ޑީސަލް މަދުވާ މައްސަލައިގައި އެފިހާރައިގެ ސޭޓަކަށް އެދުވަސްވަރުހުރި ލ.މާވަށު /އިތާ، މުޙައްމަދު ނަޢީމް ގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި

04 Aug 2013

ލ.މާވަށު ތެޔޮ ފިހާރަ 09 ޑިސެމްބަރ 2006 ން 31 މެއި 2011 އަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮޑިޓްކުރިއިރު ތެޔޮ ފިހާރައިގެ ސޭޓަކަށް ލ.މާވަށު /އިތާ، މުޙައްމަދު ނަޢީމް ހުރި ދުވަސްވަރު ތެޔޮ ފިހާރައިގެ ސްޓޮކުން 3779 ލީޓަރ ޑީސަލް މަދުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤު ކުރުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ.މާވަށު އޮފީހުގެ ފަރާތުން ލ.މާވަށު ރައްޔިތުންގެ ތެޔޮފިހާރައިގެ ސްޓޮކް ކައުންޓެއް 31 މާރޗް 2011 ގައި ހެދިއިރު ހުރީ 5929 ލީޓަރ ޑީސަލް ކަމަށްވެފައި 31 މެއި 2011ގައި ސްޓޮކް ކައުންޓްކުރިއިރު ހުރީ 150 ލީޓަރ ޑީސަލްކަމަށް ވެފައި ތެޔޮ ފިހާރައިގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެމުއްދަތުގައި ތެޔޮ ފިހާރައަށް ޖަމާކޮށްފައިވަނީ 16000 ލީޓަރުގެ ޑީސަލްކަމަށްވެފައި މިމުއްދަތުގެ ތެރޭގައި ރައްޔިތުންގެ ތެޔޮ ފިހާރައިން ވިއްކާފައިވަނީ ޖުމްލަ 18000 ލީޓަރުގެ ޑީސަލްކަމަށް ވުމުން ތެޔޮ ފިހާރައިގެ ސްޓޮކުން 3779 ލީޓަރ ޑީސަލް މަދުވާކަމަށް ލިޔެކިޔުމުން ދައްކާތީއާއި ލ.މާވަށު ރައްޔިތުންގެ ތެޔޮ ފިހާރައިގައި އެދުވަސްވަރު އުޅުނީ އެންމެ މުވައްޒަފެއްކަމަށާއި، އޭރު ތެޔޮވިއްކުމާއި ފައިސާ ބަލައިގަތުމާއި ސްޓޮކް ބެލެހެއްޓުމާއި އަދި ތެޔޮފިހާރައިގެ ދެންވެސް ހުރި މަސައްކަތްތައްވެސް ކުރަނީ މުޙައްމަދު ނަޢީމްކަމަށް ތަހްޤީގަށް ބަޔާންދިން ފަރާތްތަކުން ބުނެފައިވާތީއާއި ސްޓޮކް ކައުންޓްކުރި އިރު ސްޓޮކްގައި ޑީސަލް ހުރި ޢަދަދުކަމަށް ބަޔާންކޮށްފައިވާ ޢަދަދާ މެދުގައާއި ސްޓޮކުން ޑީސަލް މަދުވާކަމަށް ފާހަގަކުރެވޭ ޢަދަދާމެދު ލ.މާވަށު ތެޔޮފިހާރައިގެ ސޭޓަކަށް ހުރި ލ.މާވަށު އިތާ، މުޙައްމަދު ނަޢީމް އިންކާރުކޮށްފައިނުވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަން އެކުލެވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން ލ.މާވަށު /އިތާ، މުޙައްމަދު ނަޢީމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި، މުޙައްމަދު ނަޢީމުގެ މިޢަމަލުގެ ސަބަބުން ލ.މާވަށު ތެޔޮ ފިހާރައިން މަދުވެފައިވާ 3779 ލީޓަރގެ ޑީސަލަށް އެދުވަސްވަރު ލ.މާވަށު ތެޔޮ ފިހާރައިން ޑީސަލް ވިއްކި ރޭޓު ކަމުގައިވާ 14.90 (ސާދަ ރުފިޔާ ނުވަދިހަލާރި) ރުފިޔާގެ ރޭޓުން ޖެހޭ 56,307.10 (ފަންސާސް ހަހާސް ތިންސަތޭކަ ހަތްރުފިޔާ ދިހަލާރި) ރުފިޔާ މުޙައްމަދު ނަޢީމްގެ އަތުން ހޯދުމުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×