އަޕަރ ނޯތް ޔުޓިލިޓީޒް ލިމިޓެޑްގެ ހދ.ނައިވާދޫ އިންޖީނުގެ އަށް ޑެޕިއުޓީ މެކޭނިކެއް ބޭނުންވެގެން ކުރި ނަމްބަރު
UNUL-HRD/AN/2011/032ޢިއުލާނުގައި އެ އިންޖީނުގޭގެ 03 ވަޒީފާއަކަށް މުވައްޒަފުން ބޭނުންވެގެން އިޢުލާނުކުރި ނަމަވެސް، 04 މުވައްޒަފުން ވަޒީފާއަށް ވައްދާފައިވާކަމަށާއި، އިޢުލާނުގައިވާ މަގާމުތަކުގެ އިތުރަށްވެއްދި ޕަވަރހައުސް އެޓެންޑެންޓަކީ ކުރިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރި ކައުންސިލަރުންގެ ތެރެއިން ނައިވާދުއަށް އައްޔަން ކޮށްފައި ހުރި ކައުންސިލަރ މުޙައްމަދު ޝަފީޤް އާދަމް ކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.
ކުރީގެ އަޕަރ ނޯތް ޔުޓިލިޓީޒް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ހއ.ދިއްދޫ / ބޮކަރުމާގެ، ޢަބްދުﷲ ވަޙީދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި
15 Jan 2014