އޭސީސީގެ މެމްބަރުންނާ މުވައްޒަފުން ޣައްޒާގެ މުސްލިމް އަޚުންނާ އުޚުތުންނާއެކު

07 Aug 2014

ދިވެހިމީޑިއާގެ ފަރާތުން އިސްނަގައިގެން މާދަމާ ފަށާ “ހެލްޕް ގާޒާ ތެލެތޯން” ގައި އެންޓި- ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާ މުވައްޒަފުން ބައިވެރިވާގޮތަށް އޭސީސީން ނިންމަވައިފިއެވެ.
ޣައްޒާގައި އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ގެއްލުން ލިބިފައިވާ އަދި ގެއްލުން ލިބެމުންދާ ފަލަސްތީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް އެހީވުމުގެ ގޮތުން އޭސީސީގެ މެމްބަރުންނާ މުވައްޒަފުންވެސް އަމާޒްކޮށްފައިވަނީ އެއްދުވަހުގެ މުސާރަ “ހެލްޕް ގާޒާ ތެލެތޯން” އަށް އެހީވުމަށްޓަކައި ފަންޑަށް ހަދިޔާކުރުމަށެވެ. އަދި އެމުވައްޒަފެއްގެ ކެރިފޯރުން ތެރިކަން ހުރި މިންވަރަކުން ފަނޑަށް އެހީވުމުގެ ފުރުޞަތު ވެސް ހުޅުވާލެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×