އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމަށް އަލްފާޟިލް ޙަސަން ލުޠުފީ އަދި ނާއިބް ރައީސް ކަމަށް އަލްއުސްތާޛް މުޢައްވިޒް ރަޝީދު އިންތިޚާބު ކޮށްފި

09 Sep 2014

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މިދައުރުގެ ރައީސް ކަމަށް އަލްފާޟިލް ޙަސަން ލުޠުފީ، އަދި ކޮމިޝަންގެ ނާއިބް ރައީސް ކަމަށް އަލްއުސްތާޛް މުޢައްވިޒް ރަޝީދު މިއަދު އިންތިޚާބު ކުރައްވައިފިއެވެ.

އެދެބޭފުޅުން ރައީސްކަމަށާއި ނާއިބް ރައީސްކަމަށް އިންތިޚާބު ކުރެއްވީ، ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމާ މިދައުރަށް ޙަވާލުވެ ވަޑައިގަތުމަށް ފަހު މިއަދު ބޭއްވުނު ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގައި، ކޮމިޝަންގެ ފަސްމެމްބަރުންގެ އިއްތިފާޤުންނެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިދައުރުގައި ހިމެނިވަޑައިގަންނަވަނީ އަލްފާޟިލް ޙަސަން ލުޠުފީއާއި، އަލްއުސްތާޛް މުޢައްވިޒް ރަޝީދު އާއި އަލްފާޟިލާ އާމިނަތު މިންނާއާއި، އަލްފާޟިލް ޔަޒްމީދު މުޙައްމަދާއި އަލްފާޟިލް ޞައްފަތު މުޙައްމަދެވެ.

މިއީ، 2008ގައި ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމާއެކު ޢައްޔަން ކުރެވުނު ދާއިމީ ދެވަނަ ކޮމިޝަނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×