ސްރީލަންކާގެ “ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޮރ ކޮރަޕްޝަން” (ސީއައިއޭބީސީ)ގެ ވަފްދެއް ރާއްޖެއަށް ވަޑައިގެންފި

18 Sep 2014

 

 

DSC_0370

ޔޫއެންއޯޑީސީ އާއި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން، ސަރަޙައްދީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުޅާކުރުމާއި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އެއްގައުމު އަނެއްގައުމާ ޙިއްސާކޮށް މަޢުލޫމާތު ބަދަލުކުރުމަށް، ސްރީލަންކާގެ “ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޮރ ކޮރަޕްޝަން” (CIABC) ގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކުރަމުން އެބަގެންދެއެވެ. މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ސްރީލަންކާގެ “ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޮރ ކޮރަޕްޝަން” (CIABC)ގެ ޗެއަރމަން ޖަސްޓިސް ޑީ. ޖަގަތު ޑި ސިލްވާ ބާލަޕަތަމްބެންޑީ އާއި، އެކޮމިޝަނުގެ އިސް ތިންބޭފުޅަކާއި، ޔޫ އެން އޯ ޑީ ސީ ގެ ރީޖަނަލް އެންޓި-ކޮރަޕްޝަން އެޑްވައިޒަރ މިސްޓަރ ނިމޭޝް ޖާނީ އެވެ.

މި ވަފްދުގެ ބޭފުޅުން މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ބައްދަލުކުރައްވާފައިވެއެވެ. އަދި އޮޑިޓަރ ޖެނެރަލް އާ ބައްދަލު ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކާގެ ސީއައިއޭބީސީގެ ވަފްދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×