ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ކުރިމަތި ލުމުގެ ފުރުޞަތު އިތުރަށް ފުޅާކުރުން

28 Sep 2014

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމުދެވޭ ކެޓަގަރީ ތަކުގެ ތެރޭގައި “އަމިއްލަ ވިޔަފާރިތައް” ހިމެނޭ ކެޓަގަރީ އިޞްލާޙްކޮށް އެބައިގެ ނަން “ވިޔަފާރިތައް” ކަމުގައި ހަމަޖެއްސުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމަވައިފިއެވެ. މިނިންމެވުމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ރައްޔިތުން ޙިއްސާވާ ވިޔަފާރިތަކާއި ދައުލަތުން ހިންގާ ވިޔަފާރިތަކަށްވެސް އަމިއްލަ ވިޔަފާރިތަކެކޭ އެއްގޮތަށް އެކެޓަގަރީން ވާދަކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވިފައެވެ. ކޮމިޝަންގެ މި ނިންމެވުމާގުޅިގެން އިތުރުފަރާތްތަކަށް އިނާމަށް ވާދަކުރުމުގެ ފުރުޞަތު ލިބިގެން ދާނެތީ މިކެޓަގަރީގެބައި އިތުރަށް ވާދަވެރިވެގެން ދާނެއެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 އޮކްޓޯބަރ 2014 ވަނަ ދުވަހުގެ 14:00 އެވެ. ނަޒާހަތްތެރި ކަމުގެ ޤައުމީ އިނާމާބެހޭ އެންމެހާ މަޢުލޫމާތު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×