އޭސީސީގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

01 Dec 2014

 

ދިވެހިބަހުގެ އެކެޑަމީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.
މިކޯހުގެ މަޤުޞަދަކީ އޭސީސީގެ މުވައްޒަފުން ދިވެހިބަހުގެ ޤަވާއިދަށް އަހުލުވެރިކުރުމާއި، ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން ދަސްކޮށްދިނުމާއި ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަންދިނުމުގެ ޤާނޫނަށް މުވައްޒަފުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ދިވެހިބަހުގެ ދާއިރާއިން ތަޢުލީމާއި ތަޖްރިބާ ޙާޞިލްކުރައްވާފައިވާ ފަންނީ ބޭފުޅުން ކިޔަވައިދެއްވާ މިޕްރޮގްރާމުގައި އޭސީސީގެ 27 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމް ކުރިއަށް ދާނީ 30 ނޮވެމްބަރ 2014 ން ފެށިގެން 10 ޑިސެމްބަރ 2014 ގެ ނިޔަލަށް އޭސީސީގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×