އާ ޤާނޫނުލް ޢުޤޫބާތަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގުން

03 Mar 2015

13 އެޕްރީލް 2015 ން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޤާނޫނުލް ޢުޤޫބާތަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން އެޓާރނީ ޖެނެރަލްގެ އޮފީހުގެ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެންކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް މިއަދުން ފެށިގެން ކުރިޔަށް އެބަދެއެވެ. މި ޕްރޮގްރާމުގައި ކޮމިޝަންގެ 55 މުވައްޒަފަކު ބައިވެރިވާއިރު މިޕްރޮގްރާމް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިޔަށް ދަނީ އޮޑިޓް އޮފީހުގެ ޓްރެއިނިންގ ރޫމްގައެވެ.
މިޕްރޮގްރާމުގައި ޤާނޫނު އުޤޫބާތުގެ މުހިންމު ބައިތަކާއި ބެހޭގޮތުން ތަފްސީލުކޮށް މަޢުލޫމާތު ދެވޭއިރު މިކޮމިޝަންގެ މަސައްކަތާ ގުޅުންހުރި ހާއްސަ ބައިތަކާ ގުޅުންހުރި މަޢުލޫމާތު ދިނުމައި ނަމޫނާ މައްސަލަތަކާ މެދުވެސް މަޝްވަރާކުރާގޮތަށް ހަމަޖެހިފައިވެއެވެ. މި ކޮމިޝަން ދެކެނީ މިތަމްރީން ޕްރޮގްރަމްގެ ސަބަބުން ކޮމިޝަންގެ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×