ދިވެހިރާއްޖޭގައި އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރުމަށްޓަކައި މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ޙަވާލުކޮށްގެން ހިންގުނު ޕްރޮޖެކްޓްގައި، ނެކްސްބިޒް ލިމިޓެޑް އިން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ މުވައްޒަފުންނަށް ރިޝްވަތުގެ ގޮތުގައި ލެޕްޓޮޕްތަކެއް ދީފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައިގެ ތަޙުޤީޤުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/(BF)/2012/237 (23 މެއި 2012) އާއި، ނަންބަރު 145-J/(BF)/2012/240 (03 މެއި 2012) ކޯޓު އަމުރުގެ ދަށުން، މި ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނެކްސްބިޒް ލިމިޓެޑްގެ 66 ލެޕްޓޮޕް، ނެކްސްބިޒް ލިމިޓެޑާ ޙަވާލުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2012 ޤަޟިއްޔާއިން 12 ފެބްރުއަރީ 2015 ގައި ހުކުމް ކުރައްވާފައިވާތީ، ސިވިލް ކޯޓުގެ ޙުކުމާއި އެއްގޮތަށް 26 ފެބުރުވަރީ 2015 ވީ ބުރާސްފަތި ދުވަހުގައި މި ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނެކްސްބިޒް ލިމިޓެޑްގެ 66 ލެޕްޓޮޕް، ނެކްސްބިޒް ލިމިޓެޑާ ވަނީ ޙަވާލުކުރެވިފައެވެ.