ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތަޙްޤީޤު ޓީމުތައް އަތޮޅުތެރޭގައި ކުރަމުންދާ މަސައްކަތްތަކާގުޅޭ

10 Mar 2015

2014ވަނަ އަހަރު ނިމުނުއިރު މިކޮމިޝަނަށް ހުށަހަޅިފައިވާ މައްސަލަތަކުގެ ތެރެއިން، ތަޙްޤީޤުކޮށް ނުނިމިހުރި މައްސަލަތަކުގެ ތެރެއިން އަތޮޅުތެރެއަށް ދަތުރުކޮށްގެން ތަޙްޤީޤުކޮށް ބަލަންޖެހޭ މައްސަލަތައް ތަޙްޤީޤުކުރުމަށްޓަކައި، 07 ފެބުރުވަރީ 2015 ން ފެށިގެން ކޮމިޝަންގެ އިންވެސްޓިގޭޝަން ޓީމުތަކެއް އަތޮޅުތެރޭގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. މިގޮތުން 07 ފެބްރުވަރީ 2015 ން 27 ފެބްރުވަރީ 2015 ށް ކޮމިޝަންގެ 06 ޓީމެއް ގއ.އަތޮޅު، ގދ.އަތޮޅު، އަދި ފުވައްމުލަކުގައި ޙަރަކާތްތެރިވެފައިވެއެވެ. މި ދަތުރުތަކުގައި ކޮމިޝަންގެ 03 މެމްބަރުންނާއި 24 އިންވެސްޓިގޭޓަރުން ބައިވެރިވެފައިވެއެވެ. އަދި މި ދަތުރުތަކުގައި 150 އަށްވުރެ ގިނަ މައްސަލަ ތަޙްޤީޤުކޮށްފައިވެއެވެ.

މީގެއިތުރުން، 07 މާރިޗު 2015 ން ފެށިގެން ލ.އަތޮޅާއި އައްޑޫސިޓީއާއި ކ.އަތޮޅުގައި ކޮމިޝަންގެ 04 ޓީމެއް ދަނީ ޙަރަކާތްތެރިވަމުންނެވެ. މިދަތުރުތަކުގައި ކޮމިޝަންގެ މެމްބަރަކާއި 20 އިންވެސްޓިގޭޓަރުން ބައިވެރިވެފައިވެއެވެ. 07 މާރިޗު 2015 ން 27 މާރިޗު 2015 ށް ކުރިއަށް ގެންދާ މިދަތުރުތަކުގައި 100 އަށްވުރެ ގިނަ މައްސަލަ ތަޙްޤީޤުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×