ތަޖުރިބާ ޙިއްޞާކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކުގައި ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

19 Mar 2015

ތަޖުރިބާ ޙިއްޞާކުރުމަށާއި، ތަމްރީނުގެ ޕްރޮގްރާމްތަކުގައި ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. 18 މާރިޗު 2015 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި ދެ މުއައްސަސާގެ އެންމެ އިސްވެރިންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ތަޙުޤީޤުކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަމަލުކުރަމުންދާ ޕްރޮސީޖަރސްތަކާއި، ތަޙުޤީޤުކުރުމުގެ ހުނަރުތަކާއި، ތަޖުރިބާތައް ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މުވައްޒަފުންނާ ޙިއްޞާކުރުމަށާއި، ދެ މުއައްސަސާގެ މުވައްޒަފުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފުރުޞަތު ފަހިކޮށްދިނުމަށް އެއްބަސްވެވުނެވެ. ހަމައެއާއެކު، މިކަންކަން ކުރުމަށްޓަކައި ދެ މުއައްސަސާގެ މެދުގައި އެމް.އޯ.ޔޫއެއްގައި ސޮއިކުރުމަށްވެސް އެއްބަސްވުވުނެވެ. މިކަމުގެ ސަބަބުން ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ދެ މުއައްސަސާއިން ކުރަމުންގެންދާ މަސައްކަތުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް މިފުރުޞަތުގައި ފާހަގަކުރަމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×