ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕެއް ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަދު ކުރިއަށްގެންގޮސްފި

07 Apr 2015

ޤައުމީ ފެންވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް އަމާޒްކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން އެކުލަވާލާ “ނޭޝަނަލް އިންޓެގްރިޓީ ޕްލޭން” ފުރަތަމަ ޑްރާފްޓް އެކުލަވާލުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ޚާއްޞަ ވަރކްޝޮޕެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ޕްލޭން ތައްޔާރުކުރުމުގެ ފަންނީ މަސައްކަތް ކުރިއަށް ގެންދެވޭނީ ކޮމިޝަންގެ ތެރެއިން އެކުލަވާލާފައިވާ ފަންނީ ކޮމިޓީއަކުން، ދައުލަތުގެ އިދާރާތަކާ ގުޅިގެންނެވެ.

ނެޝަނަލް އިންޓަރގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދިވެހިންގެ ހިތްތަކުގައި ވަރުގަދައަށް އަށަގެންނެވުމާއެކު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ޑިމޮކްރެޓިކް ސިފަތައް ދައުލަތުގެ ތިންބާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުމުގައި އަށަގެންނެވުމާއި، އިންޓަރނޭޝަނަލް ބެސްޓްޕްރެކްޓިސްއަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އިޙްތިރާމްކުރާ އަސާސްތަކެއް ކަމުގައި ހެދުމާއި، އެކުވެރި ބަދަހި މުޖްތަމަޢެއް ބިނާކުރުމާއި، ކޮރަޕްޝަނާއި ފަސާދަ ނައްތާލައި ޤައުމުގެ ތަރައްޤީގައި އެންމެން ގުޅިގެން މަސައްކަތްކޮށް ތަރައްޤީގެ ލަނޑިތައް ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×