ޤާނޫން ނަންބަރު (9/2014) “ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުމުގެ ކުރިން ކުރިމަގުގައި ހުރަސް ހުރި މަސައްކަތްތަކާއި، ޤާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށްޓަކައި ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދަރާތަކުގެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދެވުނު ޚާއްސަ މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ.
މި މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ނައިބުރައީސް އަލްއުސްތާޛު މުއައްވިޒް ރަޝީދާއި، އިންވެސްޓިގޭޝަން އޮފިސަރ އަލްއުސްތާޛާ ފާތިމަތު އަނޫލާއާއި، އިންވެސްޓިގޭޝަން އޮފިސަރ އަލްއުސްތާޛު މުޙައްމަދު ނިޝާތުއެވެ.
ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފެށުމާއެކު ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، އަދި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެ.
13 Apr 2015