ހދ. ކުޅުދުއްފުށީގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ނަޒާހަތްތެރިކަމުގެ ބިނާއެއް ހުޅުވައިފި

22 Apr 2015

ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް (21 އެޕްރީލް) ފާހަގަކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި، މިއަހަރު ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، އެ ދުވަހުގެ ހަނދާނެއްގެ ގޮތުން އެ ރަށުގައި ބިނާއެއް ތައްޔާރުކުރެވި ހުޅުވައިފިއެވެ. މި ބިނާ ތައްޔާރުކުރެވިފައިވަނީ، ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައެވެ. ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބިނާ ހުޅުއްވައިދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުތުފީއެވެ. މި ބިނާ ބެލެހެއްޓުމުގެ ކަންކަން މިހާރު ވަނީ ކުޅުދުއްފުށީ ކައުންސިލާ ޙަވާލުކޮށްފައެވެ. ރަމްޒީކޮށް މި ބިނާ ކުޅުދުއްފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން އޭސީސީގެ ފަރާތުން އެ ލިޔުމުގައި ސޮއިކުރެއްވީ އޭސީސީގެ ރައީސެވެ. ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ބިނާއާ ޙަވާލުވުމަށް ސޮއިކުރެއްވެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އަލީ މުޙައްމަދުއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×