ފުވައްމުލަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ މުއައްސަސާތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމުގެ މަޤުސަދުގައި މިއަދު (26 އެޕްރީލް 2015)ގައި ފުވައްމުލަކު ކައުންސިލްތަކުގެ މެމްބަރުންނާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

27 Apr 2015

ސަރުކާރުގެ މުއައްސަސާތަކާއެކު އޮންނަ ގުޅުން މިހާރަށް ވުރެއް ހަރުދަނާ ކުރުމުގެ މަޤުޞަދުގައި ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެމްބަރުންނާއެކު މިކޮމިޝަންގައި މިއަދު (26 އެޕްރީލް 2015) ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި އިދާރީ ގޮތުން ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، މަޢުލޫމާތު ހޯދައި ލިބިގަތުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި މިފަދަ ގޮންޖެހުންތައް ނައްތާލުމަށް މުވައްޒަފުންނަށް އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، އަދި ބޭނުންވާ ތަމްރީންތައް ދިނުމަށް މިކޮމިޝަނުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައްދަލުވުމުގައި ބައިވެރިވެލެއްވި ފުވައްމުލަކު ކައުންސިލްތަކުގެ މެމްބަރުން އެދިލެއްވުމުން، އެކަމުގައި މިކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ކޮމިޝަނުގެ މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން ލޯކަލް ކައުންސިލްގެ ޤާނޫނާއި، މާލިއްޔަތުގެ ގަވާއިދު ބައްޓަންކުރެވިފައިވާ ގޮތުންނާއި، އަދި ޤާނޫނާއި ގަވާއިދުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ކައުންސިލްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި، އަދި އެ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×