ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތަޙްޤީޤު ޓީމުތައް އަތޮޅުތެރޭގައި

20 May 2015

މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، އަތޮޅުތަކަށް ދަތުރުކޮށްގެން ތަޙްޤީޤުކޮށް ބަލަންޖެހޭ މައްސަލަތަކެއް ތަޙްޤީޤުކުރުމަށްޓަކައި، 16 މޭ 2015 ން ފެށިގެން ކޮމިޝަންގެ 5 ތަޙްޤީޤު ޓީމެއް 5 އަތޮޅަކަށް ކުރާ ދަތުރެއްގައި މިހާރު އެ އަތޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަގެންދެއެވެ. މި ޓީމުތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރ.އަތޮޅު، ބ.އަތޮޅު، ވ.އަތޮޅު، މ.އަތޮޅު އަދި ތ.އަތޮޅުގައެވެ.

މީގެއިތުރުން، 17 މޭ 2015 ން ފެށިގެން ކޮމިޝަންގެ އިތުރު ތަޙްޤީޤު ޓީމެއް ޅ.އަތޮޅުގައި ޙަރަކާތްތެރިވާން ފަށާފައިވެއެވެ.

16 މޭ 2015 ން ފެށިގެން 05 ޖޫން 2015 ށް ކުރިއަށް ގެންދާ މިދަތުރުތަކުގައި 119 މައްސަލަ ތަޙްޤީޤުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×