ލ.މާބައިދޫ ކައުންސިލްގެ މެމްބަރުގެ މަޤާމުގައި ހުރެ ދައުލަތުގެ މުދަލެއް އަމިއްލަ ފައިދާއަށް ބޭނުންކޮށްފައިވާތީ، ލ.މާބައިދޫ /މާހަލް، ޙަސަން ޢާދިލްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި

21 May 2015

ލ.މާބައިދޫ ކައުންސިލްގެ ފޯނު ލައިނާއި، އިންޓަރނެޓް މޮޑެމުން ލ.މާބައިދޫ ކައުންސިލްގެ މެންބަރ، ޙަސަން ޢާދިލްގެ އަމިއްލަ ފޯނަށާއި، އޭނާ ބޭނުންވާ ނަންބަރުތަކަށް ފައިސާ ޓްރާންސްފަރ ކޮށްދޭ ކަމަށްބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މި ކޮމިޝަނުން ތަޙްޤީޤްކުރުމަށްފަހު ނިންމި ގޮތް ތިރީގައި މިވަނީއެވެ.
މި މައްސަލާގައި ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ލ.މާބައިދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ މޮޑެމް އިންނަނީ ފައިނޭންސް އޮފިސަރގެ ކޮމްޕިއުޓަރުގައިކަމާއި، އެމޮޑެމް ބޭނުންކޮށްގެން ހުރިހާ ކޮމްޕިއުޓަރަކުންވެސް އިންޓަރނެޓް ބޭނުންކުރެވޭކަމާއި، އެމޮޑެމްގައި އިންނަނީ ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރެއް ކަމާއި، މިނަންބަރުން ދިރާގުގެ އެހެން ނަންބަރުތަކަކަށް ޓްރާންސްފާރ ކޮށްފައިވާކަން 2013 ވަނަ އަހަރުގެ ޖެނުއަރީ، ފެބުރުއަރީ، މާރިޗު އަދި އޭޕްރީލް މަހުގެ ދިރާގުގެ ބިލްތަކުން އެނގޭކަމާއި، މި މަސްތަކުގައި ޓްރާންސްފާރ ކޮށްފައިވާ ނަންބަރުތަކުގެ ތެރޭގައި ކޮންމެ މަހަކުވެސް އެއް ނަންބަރުތަކެއް ތަކުރާރުވެފައިވާކަމާއި، ޓްރާންސްފާރ ކޮށްފައިވާ ނަންބަރުތަކުގެ ތެރެއިން 02 (ދޭއް) ނަންބަރަކީ ލ.މާބައިދޫ ކައުންސިލްގެ މެންބަރ، ޙަސަން ޢާދިލްގެ ނަމުގައި ނަގާފައިވާ ނަންބަރުތަކެއްކަމާއި، އޭގެ ތެރެއިން އެއް ނަންބަރު ބޭނުންކުރަނީ އޭނާގެ ކޮއްކޮ ކަމަށް ޙަސަން ޢާދިލް ތަޙުޤީޤުގައި އިޢުތިރާފުވެފައިވުމާއި، ތަޙުޤީޤުގައި ބަޔާންދީފައިވާ އެހެން ފަރާތްތަކުންވެސް ޙަސަން ޢާދިލް އޭނާގެ ނަމުގައި ނަގާފައިވާ ނަންބަރުތަކަކަށް ޓްރާންސްފާރ ކޮށްފައިވާކަމަށް ބުނެފައިވުމާއި، ޙަސަން ޢާދިލްގެ އަމިއްލަ ނަންބަރުތަކަކަށް ޓްރާންސްފާރ ކޮށްފައިވާކަމުގެ މައްސަލަ ޖެހުމުން، އޭނާގެ ނަމުގައި ނަގާފައިވާ ނަންބަރުތަކުގެ އިތުރުން، އެހެން ނަންބަރުތަކަށް ޓްރާންސްފާރ ކޮށްފައިވާ ޖުމްލަ 2,200 (ދެހާސް ދުއިސައްތަ ވިހި) ރުފިޔާގެ ތެރެއިން 1,520 (ފަނަރަސަތޭކަ ވިހި) ރުފިޔާ ޙަސަން ޢާދިލް ލ.މާބައިދޫ ކައުންސިލް އިދާރާއަށް ދައްކާފައި ވީނަމަވެސް، ލ.މާބައިދޫ ކައުންސިލް އިދާރާގައި ބޭނުންކުރާ ނަންބަރުން އެހެން ނަންބަރުތަކަކަށް ޓްރާންސްފާރ ކޮށްފައިވަނީ ޙަސަން ޢާދިލް ކަމަށް ބެލެވޭތީ، ޙަސަން ޢާދިލް ދައުލަތުގެ ވަޒީފާއެއްގައި ހުރެ ދައުލަތުގެ މުދަލެއް ޙަސަން ޢާދިލްގެ އަމިއްލަ ފައިދާއަށް ބޭނުންކޮށްފައިވާކަން މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ކިތާބީ އަދި ޝަފަހީ ހެކިން އެނގެން އޮތަތީ، މި މައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން، ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން ލ.މާބައިދޫ ކައުންސިލް މެންބަރު، ލ.މާބައިދޫ /މާހަލް، ޙަސަން ޢާދިލްގެ މައްޗަށް ދައުލަތުގެ މުދަލެއް އަމިއްލަ ފައިދާއަށް ބޭނުންކުރުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނަރެލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

އަދި މީގެ އިތުރުން، ޙަސަން ޢާދިލް އެކި ފަރާތްތަކުގެ ނަންބަރުތަކަށް ޓްރާންސްފާރ ކޮށްފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ކައުންސިލަށް އަނބުރާ ދައްކާފައިނުވާ ޖުމްލަ 700 (ހަތްސަތޭކަ) ރުފިޔާ ޙަސަން ޢާދިލްގެ އަތުން އަނބުރާ ހޯދުމުގެ ދަޢުވާ ކުރުމަށްވެސް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×