އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ހިންގާ އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ފަށައިފި

27 May 2015

އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް “އެންޓި-ކޮރަޕްޝަން ޓްރެއިނިނގް ވޯކްޝޮޕް” މިއަދު (27 މެއި 2015) ފެށިއްޖެއެވެ. އިލެކްޝަންސް ކޮމިޝަންގެ 46 މުވައްޒަފުން ބައިވެރިވާ މިޕްރޮގްރާމް 2 ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމް ފެށުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާއި އަދި ޕްރޮކިއުމެންޓާއި ގުޅޭ މޮޑިއުލްތައް ހިމެނެއެވެ. މިގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ދައުރާއި، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ. ހަމަމިއާއެކު، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރިކަންކަމުގެ މައްޗަށް އަލިއަޅުވާލުމަށް ހަމެޖެހިފައިވެއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކޮންފަރެންސް ރޫމްގައި ހިންގޭ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ (28 މެއި 2015) ހަވީރު 1615 ގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×