އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވައިފި

31 May 2015

އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ހިންގުނު ހޭލުންތެރިކުރުމުގެ ޕްރޮގްރާމް “އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕް”ގެ ނިންމުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު (28 މެއި 2015) ބާއްވައިފިއެވެ. ދެދުވަހުގެ މުއްދަތަށް ބޭއްވުނު މިވޯރކްޝޮޕް އިލެކްޝަންސް ކޮމިޝަންގެ 40 މުވައްޒަފުން ފުރިހަމަކޮށްފައިވެއެވެ. މ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި، ޔުނިޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ޔަޒުމީދު މުޙައްމަދާއި، މެމްބަރު އާއިމިނަތު މިންނާއެވެ. ވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވާހަކަފުޅުދެއްކެވިއެވެ.
މިރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި، މުވައްޒަފުންވަނީ ނަޒާހަތްތެރިކަމުގެ ވަޢުދުގައި ސޮއިކޮށްފައިވެއެވެ. މިވަޢުދުގައި ފަރުދީގޮތުން އަމިއްލަ ދިރުއުޅުމުގަޔާއި ޚިދުމަތުގައި ނަޒާހަތްތެރިވުމަށާއި، މުސްތަޤްބަލަށްޓަކައި ނަޒާހަތްތެރި ޖީލުތަކެއް އުފެއްދުމަށްޓަކައި ނަމޫނާ ދެއްކުމަށް އަދި އިސްލާމީ ރިވެތި އުސޫލުތަކަށް ތަބާވެ، ކޮރަޕްޝަންގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް އަލިއަޅުވައިލައިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×