10-13 މޭ 2015ގެ ނިޔަލަށް ހޮންކޮންގ ގައި ކުރިއަށް ދާ 6 ވަނަ “އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން” (ICAC) ސިމްޕޯސިއަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެ

11 May 2015

 

 

10-13 މޭ 2015 ގެ ނިޔަލަށް ހޮންކޮންގ ސްޕެޝަން އެޑްމިނިސްޓްރޭޓިވް ރީޖަންގައި ހިނގަމުންދާ “އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން” (ICAC) ގެ 6 ސިމްޕޯސިއަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ސިމްޕޯސިއަމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު މުއައްވިޒް ރަޝީދާއި، މެމްބަރު އަލްފާޟިލް ޞަފްވަތު މުޙައްމަދެވެ. މި ސިމްޕޯސިއަމްގެ މައިގަނޑު މަޤުޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާއި ޤާނޫނު ތަންފީޒްކުރާ ފަރާތްތައް އެއް މޭޒަކުން ބައްދަލުވެ، އެބޭފުޅުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ގެންގުޅުއްވާ ފަންނީ ހުނަރުތަކާއި، ސްޓްރެޓެޖީތައް ބޭނުންކުރާނެ ގޮތްތަކަށް އަހުލުވެރިވުމެވެ. އަދި މީގެއިތުރުން މިބައްދަލުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ޤަބޫލުކުރާ ކޮރަޕްޝަނާދެކޮޅަށް މަސައްކަތްކުރާ ކަމުގެ މާހިރުން ބައިވެރިވެ އެބޭފުޅުންނަށް ލިބިފައިވާ މަޢުލޫމާތާއި ތަޖުރިބާވެސް ސިމްޕޯސިއަމްގެ ބައިވެރިންނާ ހިއްސާކުރާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×