ޔުނައިޓެޑް ނޭޝަންސް ކޮނެވެންޝަން އެގެއިންސްޓް ކޮރަޕްޝަން ގެ އިމްޕްލިމެންޓޭޝަން ރިވިއު ގުރޫޕުން ކުރިއަށް ގެންދާ ހަވަނަ ސެޝަނުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރި ވެއްޖެ

01 Jun 2015

 

އޮސްޓްރިއާގެ ވިއެއްނާގައި ހިނގަމުންދާ ޔޫ.އެން.އޯ.ޑީ.ސީގެ އިމްޕްލިމެންޓޭޝަން ރިވިއު ގުރޫޕުގެ 06 ވަނަ ސެޝަނުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. 01-05 ޖޫން 2015 ގެ ނިޔަލަށް ކުރިއަށްދާ މި ސެޝަންގައި   އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއާއި، ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދެވެ. މި ރިވިއު ގުރޫޕަކީ ޔުނައިޓެޑް ނޭޝަންސް ކޮނެވެންޝަން އެގެއިންސްޓް ކޮރަޕްޝަން (UNCAC) މުއާހަދާ ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ގުރޫޕެކެވެ. މި ސެޝަންގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މި ގުރޫޕުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު އުޞޫލާއި އަދި ބޭނުންވާ ފަންނީ އެހީއާމެދު މަޝްވަރާކޮށް ޙިޔާލު ބަދަލުކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×