ނޭޕާލް ރިލީފް ފަންޑަށް އޭސީސީގެ މުވައްޒަފުން -/22،000 ރުފިޔާ ހަދިޔާކޮށްފި

03 Jun 2015

ނޭޕާލަށް މިދިޔަ އޭޕްރީލް މަހު އައިސްފައިވާ ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މޯލްޑިވިއަން ރެޑްކްރެސެންޓާއި، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހުޅުވާފައިވާ ފަންޑަށް އެހީވުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ފަރާތުން -/22،610 ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.
ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޙަވާލުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެފައިސާއާއި ޙަވާލުވެލެއްވީ މޯލްޑިވިއަން ރެޑްކުރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޢަބްދުލްރައްޒާޤު އާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސާ ޑރ.ފާތިމަތު ނާދިޔާއެވެ. އޭސީސީގެ މެމްބަރުންނާ މުވައްޒަފުންގެ ފަރާތުން ފައިސާ ޙަވާލުކޮށް ދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އަލްފާޟިލާ އާމިނަތު މިންނާއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރު އާމިނަތު މިންނާ ދެއްކެވި ވާހަކަ ފުޅުގައި މިފަދަ ޙަރަކާތެއް މޯލްޑިވިއަން ރެޑް ކްރެސެންޓާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން އިސްނަންގަވައިގެން ހިންގަވަމުން ގެންދަވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮމިޝަންގެ މުވައްޒަފުން މިޙަރަކާތުގައި ވަރަށް ފުރިހަމައަށް ބައިވެރިވެ ދެއްވާފައިވާތީ ކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×