ނުހައްގު މުއްސަނދިކަމާއި ބެހޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ތައްޔާރުކުރާ ކަރުދާހަކާމެދު މަޝްވަރާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއާއި ޓްރާންސް ޕޭރަންސީ މޯލްޑިވްސްއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

11 Jun 2015

ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން ހިންގަމުން ގެންދާ ނެޝަނަލް އިންޓެގްރިޓީ ސިސްޓަމް ޕްރޮގްރާމްގެ ދަށުން ނުހައްޤު މުއްސަނދިކަމާއި ބެހޭގޮތުން ތައްޔާރުކުރާ ކަރުދާހާމެދު މަޝްވަރާކުރުމަށް ޓްރާންޕޭރަންސީ މޯލްޑިވިސްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު (11 ޖޫން 2015) ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި މި ބައްދަލުވުމުގައި، ނުހައްގު މުއްސަނދިކަން މަނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އެކަމަށް އެއްބާރުލުން ލިބުމުގައި ދިމާވަމުންދާ ދަތިތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ހޭލުންތެރިކަށް އިތުރުކުރުމަށާއި، އެ ފަރާތްތަކުގެ ހިޔާލު ހޯދުމަށް އިލިސިޓް އެންރިޗްމަންޓް (ނުހައްގު މުއްސަނދިކަން) އާއި ބެހޭގޮތުން ދެކޭ ގޮތުގެ ކަރުދާހެއް އެކުލަވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރައްވަމުންގެންދަވާ މަސައްކަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެހީތެރިކަން ދިނުމުގެ އިތުރުން، މި މަސައްކަތުގައި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ. އަދި މީގެއިތުރުން ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ޓްރާންޕޭރެންސީ މޯލްޑިވްސްގެ އިތުރުން އެހެން މުއައްސަސާތަކުން ކުރެވިދާނެ ބައެއް ކަންތައްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ. މި ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×