އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އިންވެސްޓިގޭޝަން ސްކިލްސް ޑިވެލޮޕްމަންޓް ވޯކްޝޮޕްތަކެއް ފަށައިފި

16 Jun 2015

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޓަރުންގެ ތަޙްޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމަށާއި، ކަމާބެހޭ ޤާނޫނުތަކަށް އިންވެސްޓިގޭޓަރުން އަހުލުވެރިކޮށް، ތަޙްޤީޤު ކުރުމުގެ މަސައްކަތް ހަލުއިކުރުމުގެ ގޮތުން، ކުރިއަށް ގެންދާ ސިލްސިލާ ވާކްޝޮޕްތައް މިއަދު ފެށިއްޖެއެވެ.
މި ވާކްޝޮޕްތައް ފައްޓަވައިދެއްވީ ކޮމިޝަންގެ މެމްބަރު އަލްފާޟިލާ އައިމިނަތު މިއްނާއެވެ. މެމްބަރުގެ ވާހަކަފުޅުގައި ކުރިއަށްއޮތްތަނުގައި ކޮންމެ މަހަކުވެސް މިފަދަ ވާކްޝޮޕްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި، މި ވާކްޝޮޕްތަކުގެ ސަބަބުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤުތަކުގެ ފެންވަރު ރަނގަޅުވެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ކަމަށް ޔަޤީން ކުރައްވާކަމަށް ވިދާޅުވިއެވެ.
މި އަދުގެ ވާކްޝޮޕްގައި އޭސީސީގައި މިވަގުތު ތިއްބެވި ހުރިހާ އިންވެސްޓިގޭޓަރުން ބައިވެރިވެ ލައްވައެވެ. މި ވޯކްޝޮޕްގެ އެކި ދަންފަޅި ތަކުގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ކޮމިޝަންގެ ބައެއް މެމްބަރުނާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވާ ކޮމިޝަންގެ އިސް މުއައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×