މީރާގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ސެޝަންއެއް ބާއްވައިފި

16 Jun 2015

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ސެޝަންއެއް މިއަދު (16 ޖޫން 2015) ގައި މީރާ ޓްރެއިނިންގ ހޯލްގައި ބާއްވައިފިއެވެ. ހެނދުނު 09:00 – 11:45 އަށް ކުރިއަށް ގެންދިޔަ މިސެޝަންގައި މީރާގެ 17 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މިސެޝަންގައި ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާ ގުޅޭ މޮޑިއުލްތައް ހުށަހަޅައިދެވުނެވެ. މީގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު، ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އަދި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ. މިސެޝަންއަކީ މީރާގެ އިންޑަކްޝަން ޕްރޮގްރާމްގެ ތެރެއިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ސެޝަންއެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×