ދިވެހިބަހުގެ އެކެޑަމީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވެވޭ ފަހުމުނާމާ(ފނ)ގައި ސޮއިކޮށްފި

06 Aug 2015

ދިވެހިބަހުގެ އެކެޑަމީއާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވެވޭ ފަހުމުނާމާ(ފނ){މެމަރެންޑަމް އޮފް އަންޑަރސްޓޭންޑިންގ}(އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ. މި ފނ ގައި ސޮއިކުރުން އޮތީ 6 އޯގަސްޓް ވީ ބްރާސްފަތި ދުވަހު މެންދުރު ފަހު 2:00 ގައި  މިކަމަށް ޚާއްޞަކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ފނ ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ. އަދި ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ. މި ފނ ގެ މައިގަނޑު ބޭނުމަކީ  އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތުގައި ބޭނުންކުރާ ބަހުރުވަ ދިވެހިކުރުމާއި އެކެޑަމީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ބަހާއި އަދަބިއްޔާތުގެ މުބާރާތްތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ބަހާއި އަދަބިއްޔާތުގެ ޙަރަކާތްތަކުގައި ފަސާދައާއި ދެކޮޅު އަދި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައުޟޫޢުތައް ހިމެނުމާއި އަދި މިނޫންވެސް އެއްބާރުލުން ދެވެން ހުރި ދާއިރާތަކުން އެއްބާރުލުން ދިނުމެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×