ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމާބެހޭ ހަތަރުވަނަ ބައްދަލުވުން ބާއްވައިފި

19 Aug 2015

ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރެވޭ، ނޭޝަނަލް އިންޓަގްރިޓީ ޕްލޭން އެކުލަވާލުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން 4 ވަނަ ބައްދަލުވުން 18 އޯގަސްޓް 2015 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބާއްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަކީ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީން އިސްނަގައިގެން ދައުލަތުގެ އިދާރާތަކާއި އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މިނިސްޓްރީ އިކޮނޮމިކް ޑިވެލޮޕްމެންޓް، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ، މިނިސްޓްރީ އޮފް ހެލްތް، އޮޑިޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×