އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓު ރީލޯންޗްކޮށްފި

25 Aug 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވެބްސައިޓު ރީލޯންޗްކޮށްފިއެވެ. ވެބްސައިޓް ރީލޯންޗްކޮށްދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މީޑިއާ ޕޮލިސީ އިފްތިތާޙްކުރުމާއި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރުމަށް، 24 އޯގަސްޓް ވީ ހޯމަ ދުވަހު ހެނދުނު 10:00 ގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝަހީބްއެވެ.
ރީލޯންޗްކުރެވުނު އޭސީސީގެ ވެބްސައިޓްގައި އޭސީސީއާބެހޭ މަޢުލޫމާތު ދިވެހިބަހުގެ އިތުރުން އިނގިރޭސިބަހުންވެސް ލިބޭނެ އިންތިޒާމްވަނީ ހަމަޖެއްސިފައެވެ. މި ބަޔަކީ މޯބައިލްފޯނާ ރައްޓެހި (މޯބައިލް ފްރެންޑްލީ) ވެބްސައިޓެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕޭޖެކެވެ. މި ޕޭޖުގެ ވެބްސައިޓްއެޑްރެހަކީ https://archive.acc.gov.mv/en/ އެވެ. އޭސީސީގެ ވެބްސައިޓުގައި މަޢުލޫމާތު ހޯދުމުގެ ޙައްޤުގެ ޤާނޫނުގެދަށުން ޢާންމުކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފަސޭހައިން ލިބޭނެ އިންތިޒާމްވެސް ހަމަޖެއްސިފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބްރޯޑުކާސްޓިންގ ކޮމިޝަންގެ ރައީސްގެ އިތުރުން އޮޑިޓަރ ޖެނެރަލްއާއި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި، އިންފޮމޭޝަން ކޮމިޝަނަރއާއި، ބައެއް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި މެމްބަރުންނާއި އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×