އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

25 Aug 2015

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ އިންވެސްޓިގޭޝަން ޓްރެއިނިންގ ޕްރޮގްރާމް 3 މިއަދު ކޮމިޝަންގައި ފެށިގެން ކުރިއަށް އެބަދެވެއެވެ. މިޓްރެއިނިންގ ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މިޓްރޭނިންގ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އޭސީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ޓްރޭނިންގ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ކޮމިޝަންގެ ނައިބްރައީސް އަލްއުސްތާޛް މުއައްވިޒް ރަޝީދެވެ. އޭނާގެ ވާހަކަފުޅުގައި މި ޓްރޭނިންގ ޕްރޮގްރާމަކީ އޭ.ސީ.ސީ އިން ކުރިއަށް ގެންދާ ތަޙްޤީޤްތައް ހަރުދަނާ ކުރުމާއި ތަޙްޤީޤްތަކުގެ ފެންވަރު މަތިކުރުމާއި، ދުވެލި އަވަސްކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއްކަމަށް ވިދާޅުވިއެވެ. އަދި މި ޓްރޭނިންގ ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާއި، އިސްމުވައްޒަފުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 05 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ހުރިހާ އިންވެސްޓިގޭޓަރުން ބައިވެރިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×