އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ހިންގި ޓްރޭނިންގ ޕްރޮގްރާމުގެ ނިންމުން ފާހަގަ ކޮށްފި

30 Aug 2015

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓްޑީޒް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން 25 – 30 އޯގަސްޓް 2015 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ހިންގި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މި ޓްރޭނިންގ ޕްރޮގްރާމު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓްޑީޒްގެ އިސްބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީސެޓްފިކެޓް ދެއްވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް އާއި ކޮމިޝަންގެ މެންބަރ އަލްފާޟިލާ އާމިނަތު މިންނާ އެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގައި ޓްރެއިނިންގ ދެއްވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުންނަށްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އޭސީސީގެ ފަރާތުން ހަނދާނީ ލިއުމެއް ދެއްވާފައެވެ. އެފަރާތްތަކަށް ހަނދާނީ ލިއުންތައް ބައްސަވާދެއްވީ ކޮމިޝަންގެ މެންބަރު ޞަފްވަތު މުޙައްމަދުއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރު އާމިނަތު މިންނާ ދެއްކެވި ވާހަކަފުޅުގައި މިޓްރޭނިންގ ޕްރޮގްރާމުން ލިބުނު މަޢުލޫމާތު، މަސައްކަތުގައި ޢަމަލީގޮތުން ބޭނުންހިފައި ތެދުވެރިކަމާ އިޚްލާތެރިކަމާއެކު ހަލުއިކޮށް މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވާ ވާހަކަ ފުޅުދެއްކެވިއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 42 އިންވެސްޓިގޭޝަން އޮފިސަރުން ފުރިހަމަކުރެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×