ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

03 Sep 2015

ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރިކޮށް ޕްރިވެންޝަންގެ މަސައްކަތް އިތުރުކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ވަރުގަދަކޮށް، އިތުރަށް ފުޅާކުރުމަށާއި، އެކި ދާއިރާތަކުން މަޢުލޫމާތާއި، ތަމްރީނާއި، ތަޖުރިބާ އާއި އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރުމަށް އޭސީސީ އާއި، މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމް.އޭ.ސީ.ސީ)އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެމް.އޯ.ޔޫ ގައި ސޮއިކޮށްފައިވަނީ 03 ސެޕްޓެންބަރު 2015 ގައި މެލޭޝިޔާގައެވެ. މިކޮމިޝަނުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ކޮމިޝަނުގެ މެމްބަރު ޞަފްވަތު މުޙައްމަދުއެވެ. މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކޮށްފައިވަނީ އެކޮމިޝަނުގެ ޑެޕިއުޓީ ޗީފް ކޮމިޝަނަރ ހޮން ދަތުކް މުސްޠަފާ އަލީ އެވެ. މި ރަސްމިއްޔާތުގައި މެލޭޝިޔާގެ ބޮޑުވަޒީރުގެ އޮފީހުގެ މިނިސްޓަރ ވައި.ބީ ސެނަޓޮރ ދަތުކް ޕައުލް ލޯ ސެންގ ކުއާން އާއި، ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ މުޙައްމަދު ފަޙުމީ ޙަސަން އާއި، މިކޮމިޝަނުގެ މެމްބަރ އާމިނަތު މިންނާ އާއި، މިކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×