ޑިމޮކްރަސީ ވީކުގެ ޙަރަކާތްތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުން އިތުރުކުރުމާބެހޭގޮތުން މަޝްވަރާކޮށްފި

12 Sep 2015

ޑިމޮކްރަސީއާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ގަވަރނަންސް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ “ޑިމޮކްރަސީ ވީކު”ގެ ޙަރަކާތްތަކުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބައިވެރިވުން އިތުރުކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނާ އޭސީސީއާ އެކު މިއަދު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި މިއަންނަ އޮކްޓޯބަރ މަހުގެ 04 އިން 10 އަށް ހއ.ހޯރަފުށީގައި ކުރިއަށް ގެންދާ ޑިމޮކްރަސީ ވީކުގެ ޙަރަކާތްތަކުގައި ކޮރަޕްޝަނާދެކޮޅަށް ރައްޔިތުން ހޭލުންތެރިކޮށް މުޖްތަމަޢުގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޙަރަކާތްތަކާބެހޭގޮތުން ވަނީ ދެކޮމިޝަންގެ މެދުގައި މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×