ފެމެލީ ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވައިފި

11 Oct 2015

ފެމެލީ ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕް މިއަދު ބޭއްވިއްޖެއެވެ. ޑިޕާރޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން މިއަދު ބޭއްވުނު ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަކަށް ބަހައިލެވިގެންނެވެ. މިގޮތުން މިއަދުގެ ވޯކްޝޮޕްގައި ފެމެލީ ކޯޓުގެ 28 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ދެ ސެޝަނަކަށް ބަހައިލެވިގެން މިއަދުގެ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 09:00 އިން ހަވީރު 1600 އަށެވެ.
މި ވޯކްޝޮޕަކީ ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާމެދު މުއައްޒަފުން ހޭލުންތެރިކުރުމަށާއި، އަދި ދައުލަތުގެ ޕްރޮކިއުމެންޓާ ގުޅޭ މަޢުލޫމާތު މުއައްޒަފުންނަށް ދިނުމަށް ބޭނުންވާނެ މޮޑިއުލްތައް ހިމެނިގެން ފަރުމާކުރެވިފައިވާ ޓްރެއިނިންގ ވޯކްޝޮޕެކެވެ. މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންކަތައްތަކާއި ޢާއްމު ޚިދުމަތުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތާ ބެހޭގޮތުން މަޢުލޫމާތު ބައިވެރިންނަށް ދެވިފައިއެވެ. އަދި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ހިފަހައްޓަންޖެހޭ މައިގަނޑު އަސާސްތަކާއި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު މުވައްޒަފުންނަށް ދެވިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިއަދު ބޭއްވުނު، މިތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި 28 ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛް މުއައްވިޒް ރަޝީދެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×