ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގައި ބައިވެރިވާ އިދާރާތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް މުވައްޒަފުންނަށް ޕްރެޒެންޓޭޝަން ސެޝަނެއް ބާއްވައިފި

13 Oct 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން، ތައްޔާރު ކުރާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން ގެންދާ ޕްރެޒެންޓޭޝަން ސެޝަންތަކުގެ ތެރެއިން ސެޝަނެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބާއްވައިފިއެވެ.
މި ޕްރެޒެންޓޭޝަންތައް ބޭއްވިފައިވަނީ 8 އޮކްޓޯބަރ 2015 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް މުވައްޒަފުން ބައިވެރިވި މި ސެޝަންގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ބަލާލެވި، ސުވާލާ ޖަވާބަށް ޚާއްޞަ ވަގުތުކޮޅެއް ހިމަނާލެވުނެވެ.
މިހާތަނަށް ދައުލަތުގެ 16 އިދާރާއެއްގައި މި ސެޝަން ބޭއްވިފައިވާއިރު، ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތައް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×