ފެމެލީ ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވައިފި

21 Oct 2015

ފެމެލީ ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕްގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބާއްވައިފިއެވެ. ޑިޕާރޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މިވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ. މިގޮތުން އެދުވަހުގެ ވޯކްޝޮޕްގައި ފެމެލީ ކޯޓުގެ 23 މުވައްޒަފުން ބައިވެރިވެފައިވާއިރު، ޖުމްލަކޮށް ފެމެލީ ކޯޓުގެ 51 މުވައްޒަފުން މިވޯކްޝޮޕް ފުރިހަމަކޮށްފައެވެއެވެ. ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ސެޝަނަކަށް ބަހައިލެވިގެންނެވެ.
މިއީ، ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާމެދު މުއައްޒަފުން ހޭލުންތެރިކުރުމަށާއި، އަދި ދައުލަތުގެ ޕްރޮކިއުމެންޓާ ގުޅޭ މަޢުލޫމާތު މުއައްޒަފުންނަށް ދިނުމަށް ކުރިއަށް ގެންދެވޭ ވޯކްޝޮޕެކެވެ. މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވިދާނެ ކަންކަތައްތަކާއި ޢާއްމު ޚިދުމަތުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރާނެގޮތާ ބެހޭގޮތުން މަޢުލޫމާތު ބައިވެރިންނަށް ދެވިފައިއެވެ. އަދި ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގައި ހިފަހައްޓަންޖެހޭ މައިގަނޑު އަސާސްތަކާއި ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރާނެގޮތުގެ މަޢުލޫމާތު މުވައްޒަފުންނަށް ދެވިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ބޭއްވުނު، ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި 23 ބައިވެރިންނަށް ސެޓްފިކެޓްތައް ބައްސަވައިދެއްވީ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛް މުއައްވިޒް ރަޝީދެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×