މިއަހަރު އޭސީސީއަށް ހުށަހެޅުނު މައްސަލަތައް 2014 ވަނަ އަހަރާ އަޅާބަލާއިރު މަދުވެއްޖެ

21 Oct 2015

2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 416 މައްސަލަ އޭސީސީއަށް ހުށަހެޅިފައިވާއިރު 2015 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވަނީ 377 މައްސަލައެވެ. މިއީ 2014 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ ދަށްވުމެކެވެ. ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، ތަޙްޤީޤު ކުރުމަށް ނިންމީ 310 މައްސަލައެވެ. 2014 ވަނަ އަހަރު އެމުއްދަތުގައި ބަލަން ނިންމާފައިވަނީ 440 މައްސަލައެވެ.

ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލައެއްނަމަ މެންޑޭޓް އޮތް އިދާރާއަކަށް ފޮނުވެއެވެ. މިގޮތުން މިއަހަރުގެ ޖޫންގެ ނިޔަލަށް 19 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވިފައިވެއެވެ. 2014 ވަނަ އަހަރުގެ އެމުއްދަތުގައި މިގޮތުން އެކި އިދާރާތަކަށް ފޮނުވިފައިވަނީ 2 މައްސަލައެވެ.

އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން 89 މައްސަލައެއް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، 2014 ވަނަ އަހަރުގެ އެމުއްދަތުގައި 137 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×