ޗައިނާ ހައިކޮމިޝަނަރ އާ އޭސީސީން ބައްދަލުކޮށްފި

22 Oct 2015

ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރަމުންދާ އެކިއެކި މަސައްކަތްތަކުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާކުރުމަށާއި ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ޕްރިވެންޝަން ޙަރަކާތްތައް ހިންގުމުގައި ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ.ވެންގ ފުކާންގ އާ އެންޓިކޮރަޕްޝަން ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ބޭއްވުނީ 21 އޮކްޓޯބަރ 2015 ދުވަހުގެ 10:00ގައި ޗައިނާ ހައިކޮމިޝަންގައެވެ. މިބައްދަލުވުމުގައި ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި އެންޓިކޮރަޕްޝަން ކޮމިޝަންއަކީ ވަރަށް މުހިންމު ޤާނޫނީ ޒިންމާތަކެއް ޙަވާލުވެފައިވާ އިދާރާއެއް ކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ކުރިއަރުވާ ތަރައްޤީ ކުރުމުގައި ޗައިނާ ސަރުކާރުން ވެދެއްވެންއޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެއެވެ. އަދި ކޮރަޕްޝަން ނައްތާލުމުގައި ޗައިނާއިން މިހާރު ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހައިކޮމިޝަނަރ ހިއްސާކުރެއްވިއެވެ. މިބައްދަލުމުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×