ރާއްޖޭގެ އެކި އަތޮޅުތަކުން ހުށަހެޅުނު 573 މައްސަލައިގެ ތަޙްޤީޤް ކުރިއަށް ގެންގޮއްސި

29 Oct 2015

އޭސީސީއަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ 573 މައްސަލައިގެ ތަޙްޤީޤް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފިއެވެ. މި މައްސަލަތައް ތަޙްޤީޤް ކުރެވިފައިވަނީ އޭސީސީގެ ތަޙްޤީޤް ޓީމްތަކުން އަތޮޅުތަކަށް ކުރި ދަތުރު ތަކުންނެވެ. 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އަތޮޅުތަކަށް ކުރި ދަތުރުތަކަށް ބަލާއިރު 659 މައްސަލައިގެ ތަޙްޤީޤް ކޮމިޝަނުންވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ދަށްވުމެކެވެ. އަތޮޅުތަކުގައި ހިންގުނު ތަޙްޤީޤުތައް މަދުވާން ދިމާވި އެންމެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ ޢަދަދުވެސް 9 އިންސައްތަ ދަށަށް ގޮސްފައިވުމެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް 2015 ވަނަ އަހަރު ށ.އަތޮޅު ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ އަތޮޅުތަކެއްގައި ތަޙްޤީޤްތައް ހިންގާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×