“ކޮރަޕްޝަންގެ ނޭދެވޭ އަސަރު”ގެ ނަމުގައި ފޮޓޯ މުބާރާތެއް ބާއްވަނީ.

01 Nov 2015

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން “ކޮރަޕްޝަންގެ ނޭދެވޭ އަސަރު” ހާމަކޮށް ދިނުމަށް ބާއްވާ ފޮޓޯ މުބާރާތެއް އޭސީސީން ހުޅުވާލައިފިއެވެ. މި މުބާރާތަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ޚާއްޞަ ގޮތެއްގައި ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭއްވޭ މިމުބާރާތެކެވެ. މިމުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ސުންގަޑިއަކީ 1 ޑިސެންބަރު 2015 ގެ 14:00 އެވެ. މުބާރާތުގައި ބައިވެރިކުރުމަށް ބޭނުންވާ ފޮޓޯ އޭސީސީއަށް އީމެއިލުންނާއި އޭސީސީގެ ފޭސްކުބް ޕޭޖް މެދުވެރިކޮށް ފޮނުއްވޭނެއެވެ.
މިފޮޓޯ މުބާރާތުގެ 1 ވަނަ އިނާމަށް 5000 ރުފިޔާ، 2 ވަނަ އިނާމަށް 3000 ރުފިޔާ، 3 ވަނަ އިނާމަށް 2000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. މުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކަށް ވަނަ ހޮވުމުގައި 40 އިންސައްތަ ޚާއްޞަ ކުރެވިފައިވަނީ ޢާންމުން އެފޮޓޯއަކަށް ލައިކް ކުރައްވާ ޢަދަދުގެ މައްޗަށެވެ. ބާކީ 60 އިންސައްތަ ބިނާވެފައި އޮންނާނީ ފަނޑިޔާރުން ދެއްވާ ޕޮއިންޓުގެ މައްޗަށެވެ.
މުބާރާތުގައި ބައިވެރިކުރުމަށް ފޮނުވާ ފޮޓޯތައް އޭސީސީގެ ފޭސްބުކް ޕޭޖުގައި މުބާރާތުގެ ގަވާއިދާ އެއްގޮތަށް ޢާއްމުން ލައިކް ކުރުމަށް ޝާއިޢު ކުރަމުން ގެންދާނެއެވެ. އަދި މުބާރާތުގެ ޤަވާޢިދުގެ އޭސީސީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×