ޕީއެސްއެމް އާއެކު އޭސީސީން އެއްބަސްވުމެއް ޤާއިމްކޮށްފި

11 Nov 2015

ކޮރަޕްޝަނާމެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް އޭސީސީ އިން ތައްޔާރުކުރާ ބިތުފަންގި 2، ޓީވީއެމްއިން ދެއްކުމާއި އަދި އެކަމާގުޅިގެން ކުރަންހުރި އެހެނިހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއެކު ގުޅިގެން މަސައްކަތް ކުރުމަށް ދެ މުއައްސަސާގެ މެދުގައި މިއަދު އެއްބަސްވުމެއް ޤާއިމްކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު މެންދުރު ޓީވީއެމްގައެވެ.

މި އެއްބަސްވުމުގެ ދަށުން ބިތުފަންގި-2 ޓީވީ ޕްރޮގްރާމް ތައްޔާރުކޮށް ޓީވީއެމުން ފޮނުވުމުގެ ކުރުމުގެ އިތުރުން، ކޮރަޕްޝަނާއި ދެކޮޅަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގައި އޭސީސީއާއި، ޕީއެސްއެމް ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×