މި އަހަރު އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް

23 Nov 2015

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 264 މައްސަލައެއް ވަނީ ބަލާ ނިންމާފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރަށް ބަލާއިރު ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 143 މައްސަލަ ނިންމާފައިވާއިރު، 2 ވަނަ ކުއާޓަރުގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 121 މައްސަލަ ނިންމާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ޚިލާފުވުމުގެ 172 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. ފުރަތަމަ ކުއާޓަރުގައި ގަވާއިދާ ޚިލާފުވުމުގެ 75 މައްސަލައެއް ނިންމާފައިވާއިރު، 2 ވަނަ ކުއާޓަރުގައި މިފަދަ 97 މައްސަލަ ނިންމާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ދެން އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 104 މައްސަލައެއް ނިންމާފައިވެއެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 40 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 35 މައްސަލައަކާއި ރިޝްވަތުގެ 7 މައްސަލައަކާއި އަދި ދޮގު މަޢުލޫމާތު ދިނުމާއި ހެކި ފޮރުވުމުގެ ޖުމްލަ 13 މައްސަލައެއް ވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައިވެއެވެ



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×