އޭސީސީގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވަނީ

23 Nov 2015

އެންޓިކޮރަޕްޝަން ކޮމިޝަންގެ އޮފީހެއް އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމްކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ. މި އޮފީހަކީ އައްޑޫ ސިޓީއާއި ގއ.ގދ. އަދި ޏ އަތޮޅުގައި ގާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކާގުޅޭގޮތުން ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި، ކޮރަޕްޝަންގެ ޢަމަލުތަކާމެދު އެއަތޮޅުތަކުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާއްމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރުމަށް ޤާއިމްކުރެވޭ އޮފީހެކެވެ. އައްޑޫ ސިޓީގައި ޤާއިމްކުރެވޭ އެންޓިކޮރަޕްޝަން ކޮމިޝަންގެ އޮފީހަކީ ކޮމިޝަންގެ މަސައްކަތްތައް ހަލުއިކުރުމަށް ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޙަރަކާތެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމް ކުރެވޭ އޭސީސީގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2015 ގައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×