އޭސީސީގެ ދެމުވައްޒަފަކު ޖަޕާނުގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފި

25 Nov 2015

ޖަޕާނުގެ ޓޯކިޔޯގައި މިއަހަރުގެ އޮކްޓޯބަރ 21 އިން ނޮވެމްބަރ 20 އަށް ބޭއްވުނު ކްރިމިނަލް ޖަސްޓިސް ރެސްޕޮންސް ޓު ކޮރަޕްޝަން ކޯހުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދެމުވައްޒަފަކު ވަނީ ބައިވެރި ކުރެވިފައެވެ. މިކޯހަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެކި ޤައުމުތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކޮންމެ އަހަރަކު ހިންގޭ ޓްރޭނިންގ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މިއަހަރު ބައިވެރިވީ ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރ ޒީނިޔާ ޢަބްދުﷲ އާއި އިންވެސްޓިގޭޝަން އޮފިސަރ ފާޠިމަތު ހައިފާ ޢަބްދުލް ޤައްޔާމެވެ. މި ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ޖައިކާގެ ފަރާތުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×