ކޮމަންވެލްތްގެ ހިއުމަން ރައިޓްސް ކޮންސަލްޓަންޓަކާއެކު އޭސީސީއިން މަޝްވަރާ ބައްދަލުވުމެއް ބާއްވާފި

26 Nov 2015

 

ކޮމިޝަނުގެ މަސައްކަތްތަކާމެދު މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ހިއުމަން ރައިޓްސް ކޮންސަލްޓަންޓަކާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކޮމަންވެލްތްގެ އެދިލެއްވުމަކަށް 23 ނޮވެންބަރު 2015 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ މިހާރުގެ މަސްރަޙުގެ ހާލަތު ހުރިގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވަމުންދާ ދަތިތަކާއި، މަސައްކަތުގައި ދިމާވަމުންދާ ގޮންޖެހުންތަކާމެދު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ކޮމިޝަނުން ކުރިމަގުގައި ރާވާފައިވާ މުހިންމު ކަންތައްތަކައި ބެހޭ މަޢުލޫމާތު އެރުވުނެވެ. މި ބައްދަލުވުމުގައި  އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި،  ކޮމަންވެލްތުގެ ހިއުމަން ރައިޓްސް ކޮންސަލްޓަންޓްގެ އިތުރުން އަވައްޓެރި އިންޑިއާއާއި ސްރި-ލަންކާގެ ދެ ޤާނޫނީ ވަކީލުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×