އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފި

01 Dec 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ. މި އޮފީހަކީ އައްޑޫ ސިޓީއާއި ގއ.ގދ. އަދި ޏ އަތޮޅުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކާގުޅޭގޮތުން ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި، ކޮރަޕްޝަންގެ ޢަމަލުތަކާމެދު އެއަތޮޅުތަކުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރުމަށް ޤާއިމްކުރެވޭ އޮފީހެކެވެ. މިއަދު (01 ޑިސެންބަރު 2015) ގައި އައްޑޫ ސިޓީ ހިތަދޫގައި ޤާއިމްކުރެވުނު އޭސީސީގެ އޮފީސް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދު އެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރެވުނު އެންޓި–ކޮރަޕްޝަން ކޮމިޝަންގެ އޮފީހަކީ ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2015-2019)ގެ ދަށުން ތަންފީޒުކުރެވިގެންދިޔަ އެއް ޙަރަކާތައް ވާއިރު، ކޮމިޝަންގެ މަސައްކަތްތައް ހަލުއިކުރުމަށް ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަން މިފުރުޞަތުގައި ފާހަގަކުރަމެވެ. މިއަދުން ފެށިގެން އައްޑޫ ސިޓީގައި ޤާއިމްކުރެވުނު މި އޮފީހުގެ ޚިދުމަތް ފެށިގެންދާނެކަންވެސް ފާހަގަކުރަމެވެ.

އައްޑޫ ސިޓީގައި އޭސީސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ދީދީ އާއި، އޭސީސީގެ މެމްބަރުންނާއި، އިސްވެރިން އަދި މުވައްޒަފުންނާއި، އޮޑިޓަރ ޖެނެރަލް އާއި، އެއޮފީހުގެ އިސްވެރިންގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގެ ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×