މި އަހަރު އެންމެ ގިނައިން ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ

08 Dec 2015

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކާ ގުޅިގެން ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް 12 މައްސަލައިގައި 20 ދަޢުވާއެއް ކުރުމަށް ފޮނުވިފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން ދަޢުވާ ކުރުމަށް ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއެވެ. އެގޮތުން ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކާ ގުޅިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 10 ދަޢުވާއެއް ކުރުމަށް ފޮނުވިފައިވެއެވެ. މިގޮތުން 26 ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް ފޮނުވިފައިވާއިރު، އޭގެތެރެއިން 92 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ.
ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 2 ވަނަ އަށް އެންމެ ގިނައިން ދަޢުވާ ކުރުމަށް ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލައެވެ. އެގޮތުން ނާޖައިޒު ފައިދާ ހޯދުމުގެ 5 ދަޢުވާއެއް ކުރުމަށް ފޮނުވިފައިވެއެވެ. މިގޮތުން 8 ފަރާތަކަށް ދަޢުވާ ކުރުމަށް ފޮނުވިފައިވެއެވެ. މީގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް 3 ދަޢުވާ، އަމިއްލަ ފައިދާ ލިބޭގޮތަށް ސަރުކާރަށް ތަކެތި ހޯދުމުގެ 1 ދަޢުވާއާއި ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެއް ކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×