އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކުއަރޓަރލީ ބުލެޓިން ނެރެން ފަށައިފި

10 Dec 2015

ކޮމިޝަންގެ މުހިންމު މަސައްކަތްތައް އާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ޢިލްމީ ލިޔުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ކޮމިޝަނުން އަލަށް ނެރެންފެށި ‘ބިތުފަންގި’ ބުލެޓިން ނެރެފިއެވެ. މި ބުލެޓިން ނެރެފައިވަނީ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ބުލެޓިން ނެރެދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އެވެ.
މި ބުލެޓިން އަކީ ކޮންމެ ތިން މަހަކުން އެއްފަހަރު ނެރެވޭ، ބުލެޓިން އެކެވެ. މި ބުލެޓިންގައި, ކޮމިޝަނުން ކޮންމެ ކުއަރޓަރއެއްގެ ތެރޭގައި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް މައްސަލައިގެ ޚުލާޞާއެއް ހިމެނާނެއެވެ. މިގޮތުން މިފަހަރުގެ ބުލެޓިންގައި “ދޫނިދޫ ކަސްޓޯޑިއަލްގައި ހިންގި ކޮރަޕްޝަންގެ ޢަމަލުތައް” މި މައްސަލައިގެ ޚުލާޞާއާއެކު، ތަޙްޤީޤަށް ފާހަގަކުރެވުނު ކޮރަޕްޝަންގެ ޢަމަލުތަކާއި މައްސަލަތައް ދިމާވާން މެދުވެރިވި ސަބަބުތަކާއި ޙައްލުތައް ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، ކޮމިޝަންގެ ތަފާސްހިސާބާއި، މުހިންމު ޚަބަރުތަކާއި، މުހިންމު ހަރަކާތްތަކާއި އަދި ކޮރަޕްޝަންގެ ނުބައިކަމާއި ގެއްލުންތަކަށް ހޭލުންތެރިކުރުމުގެ ލިޔުންތައް ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުން ލިބިވަޑައިގަންވާނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×