ކޮރަޕްޝަންގެ ޢަމަލުތަކާއި، އެކަމުގެ ސަބަބުން މުޖުތަމަޢަށާއި ޢާއްމުންނަށް ލިބޭ ގެއްލުމުގެ މައްޗައް ހޭލުންތެރިކަން އިތުރު ކުރުމާއި މިފަދަ ޢަމަލުތަކުގެ ސަބަބުންވާ ގެއްލުން ކުޑަކުރުމަށް ޢާއްމުންގެ އެއްބާރުލުން ހޯދުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން “ބިތުފަންގި”ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޓީވީ ޕްރޮގްރާމެއް އުފައްދާ ބްރޯޑްކާސްޓްކުރުމަށްދަނީ ތައްޔާރުވަމުންވެ. 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ޕްރޮގްރާމްގައި ކޮރަޕްޝަންގެ ސަބަބުން އެކި ދާއިރާތަކަށް ކުރާ އަސަރުތައް ދައްކުވައިދޭ ޑްރާމާތަކެއް ގެނެސްދެވޭނެއެވެ. ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް ބެލެވޭ ކޮރަޕްޝަންގެ ހާދިސާތަކަށް ބިނާވެފައިވާ ޚިޔާލީ ޑްރާމާތަކުގެ އެހީގައި ހޭލުންތެރިކުރުމުގެ މެސެޖުތައް ޢާއްމުން ޝައުގުވެރިވާފަދަ ގޮތަކަށް ގެނެސްދެވިގެންދާނެއެވެ.
ބިތުފަންގި 2 ވަނަ ސިލްސިލާގެ ޕްރޮގްރާމްތައް އުފައްދައި ތައްޔާރުކޮށްފައިވަނީ އެޓަރނަލް ޕިއްޗާސްގެ އިންނެވެ. މިޕްރޮގްރާމްގެ އޮފިޝަލް ބްރޯޑްކާސްޓަރއަކީ ޓީވީ މޯލްޑިވްސް އެވެ. ދިވެހިރާއްޖޭގެ އެކި ޓީވީ ސްޓޭޝަންތަކުން މިޕްރޮގްރާމް ދުރަށް ދެއްކުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިޕްރޮގްރާމް ޓެލެވިޜަން މޯލްޑިވްސްއިން ޖެނުއަރީ މަހު ބްރޯޑްކާސްޓްކުރެވޭނެއެވެ.
“ބިތުފަންގި” ސިލްސިލާ ޓީވީ ޕްރޮގްރާމް ދެއްކުމަށް ތައްޔާރުވަނީ
22 Dec 2015