ކޮރަޕްޝަނާ ދެކޮޅަށް އޭސީސީއާއި ސީއެސްސީ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފި

27 Dec 2015

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއިން ތަޙްޤީޤު ކުރަމުންދާއިރު، އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ކޯޓުތަކުގައި ކުރިއަށްދާއިރު، އެފަދަ ފަރާތްތަކާ މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކުން އެފަދަ ފަރާތްތައް އެއްފަރާތްކުރުމާއި، ތަޙްޤީޤުތަކަށް ހުރަސް ނޭޅޭނެ ގޮތެއްގެމަތިން މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމުގައި ހަމަހަމަ އުޞޫލަކުން ހުރިހާ މުވައްޒަފުންގެ މެދުގައި ޢަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނާއި ދެމުއައްސަސާއިން ގުޅިގެން ނަޒާހަތްތެރި މުޖްތަމަޢެއް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި އޭސީސީން ކުރިއަށް ގެންދާ ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢުގައި ސިވިލްސަރވިސް ކޮމިޝަންގެ ބައިވެރިވުން އިތުރު ކުރުމާބެހޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު މަޝްވަރާ ކޮށްފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސިވިލްސަރވިސްއާ އަލަށް ގުޅޭ ހުރިހާ މުވައްޒަފުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ދިވެހި ސިވިލް ސަރވިސްގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގައި ދެމުއައްސަސާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ އިތުރު ދާއިތަކާބެހޭގޮތުން ފުޅާދާއިރާއެއްގައިވަނީ މަޝްވަރާ ކޮށްފައެވެ.
މިބައްދަލުވުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަންގެ ބައެއް މެމްބަރުންގެ އިތުރުން، ދެމުއައްސަސާގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×