އޭސީސީއަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމާއި މަސައްކަތްތައް ކުރުވުމުގައި މުއްދަތު އިތުރު ކޮށްދޭގޮތުގެ އުޞޫލަށް ޢަމަލުކުރަން ފަށައިފި

05 Jan 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަކެތި ސަޕްލައިކުރުމަށާއި މަސައްކަތްތައް ކުރުމަށް އެކިފަރާތްތަކާއެކު ވެވޭ އެއްބަސްވުން ތަކާ ގުޅިގެން، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ތަކެތި ސަޕްލައި ނުކުރެވޭ ނުވަތަ މަސައްކަތް ނުނިންމޭ ފަދަ ޙާލަތެއް މެދުވެރިވެގެން އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.30 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުއްދަތު އިތުރުކޮށްދިނުމުގައި އޭސީސީގެ ފަރާތުން ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ތައްޔާރުކޮށް ޢަމަލުކުރަން ފަށައިފިއެވެ.

މި އުޞޫލުގެ ދަށުން އޭސީސީއަށް ތަކެތި ސަޕްލައި ކުރުމަށް ޙަވާލުކުރެވިފައިވާ ފަރާތްތަކާއި، މަސައްކަތްތައް ކުރުމަށް ޙަވާލުކުރެވިފައިވާ ކޮންޓްރެކްޓަރުންނަށް މުއްދަތު އިތުރު ކުރުމަށް އެދި ހުށަހެޅޭނެ ޙާލަތްތަކާއި ކޮންމެ ޙާލަތަކާ ގުޅިގެން އިތުރުކޮށްދެވޭނެ މުއްދަތާއި މުއްދަތު އިތުރުކޮށްދިނުމުގައި އޭސީސީން ބަލާނެ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިއުޞޫލަކީ ސަޕްލަޔަރުންނަށާއި ކޮންޓްރެކްޓަރުންނަށް އެކި މަސައްކަތްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދިނުމުގައި އޭސީސީން ނިންމާގޮތްތައް ހާމަކަމާއެކު ދެފުށް ފެންނަގޮތަކަށް ނިންމުމަށްޓަކައި ޢަމަލުކުރުމަށް އެކުލަވާލެވުނު އުޞޫލެކެވެ. މިއުޞޫލު މިހާރުވަނީ އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢުކުރެވިފައެވެ. މިފަދަ އުޞޫލުތައް އެކުލަވާލާ ދައުލަތުގެ އެހެން އިދާރާތަކުންވެސް ނިންމާ ނިންމުންތައް ވީހާވެސް ބޮޑަކަށް ހާމަކަމާއެކު ކަންކަން ކުރުމަކީ އޭސީސީގެ ފަރާތުން ތަރުހީބުދޭ ކަމެކެވެ.

ޢަމަލު ކުރާނެގޮތުގެ ޢުސޫލު ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×